31 Mar 2016, 11:47
ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ އަތޮޅު ހުޅުދެލީ ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ އެއްޗެހިތަކެއް ހޯދައިފި އެވެ.
ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސް ކުރި އިރު އެގޭ ކޮޓަރިއެއްގެ ތެރޭގައި ހުރި އަލަމާރިއެއްގެ ތެރެއިން ސިހުރު ހަދަން ބޭނުން ކުރާ ޒާތުގެ ބައެއް ލިޔުންތަކާއި ފޮތްތައް ފެނިފައިވާ ކަމަށެވެ.
އެ މައްސަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.