31 Mar 2016, 10:22
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީ އަށް ޒިޔާރަތްކޮށް، ރާއްޖޭގެ ޓީޓީ އިތުރަށް ކުރިއެރުވުމާ ގުޅޭގޮތުން އެ އެމްބަސީގެ ސެކްރެޓަރީ ޔަސުޝީ ސަސައޮކާއާ މަޝްވަރާކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަހްމަދު ލަތީފް މިއަދު ވިދާޅުވީ، ޖަޕާންގެ ޖޭއޯވީސީ ވޮލަންޓިއާ ކޯޗިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެ ބައްދަލުވުމުގައި މަޝްވާރާ ކުރެވުނު ކަމަށެވެ.
"ޖޭއޯވީސީ ވޮލަންޓިއާ ކޯޗިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވުނު. ޖަޕާންގެ ބެއިޖިން ޔުނިވާސިޓީގެ ސްކޮލަޝިޕްތަކުގައި އަޅުގަނޑުމެން ކުރިން ވެސް ބައިވެރިވަން. އެކަން އިތުރަށް ކުރިއަށް ގެންދިއުމަށް ވެސް މަޝްވަރާކުރެވުނު،" އޭނާ ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް ޖަޕާން އޯވާސީސް ކޯޕަރޭޝަން ވޮލަންޓިއާސް (ޖޭއޯސީވީ)ގެ ކޯޗުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވެ އެވެ.