31 Mar 2016, 09:08
ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ރެގިއުލޭޓު ކުރުމަށާއި ކާބޯހައިޑްރޭޓާއި ފެޓް އަދި ޕްރޮޓީންތައް މެޓަބޮލައިޒް ކުރުމަށް ކްރޯމިއަމް އަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި މާއްދާ އެކެވެ. ހަމައެއާ އެކު، އެ މާއްދާ އަކީ ހަކުރު ބަލި ޖެހުމާއި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ މާއްދާ އެއްވެސް މެ އެވެ. އެހެންކަމުން ކެއުމުގައި ކޮންމެހެންވެސް ކްރޯމިއަމް އެކުލެވޭ ކާނާ ހިމަނަން ޖެހެ އެވެ.
ކްރޯމިއަމް އެކުލެވޭ ކާނާތަކުގެ ތެރޭގައި
ބްރޮކޮލީ

ބްރޮކޮލީ ---
ބްރޮކޮލީގައި ވެސް ގިނަ އަދަދަކަށް ކްރޯމިއަމް އެކުލެވެ އެވެ. އެގޮތުން އެއް ޖޯޑު ބްރޮކޮލީގައި 53 ޕަސެންޓަށް ކްރޯމިއަމް އެކުލެވެ އެވެ. ކްރޯމިއަމްގެ އިތުރުންވެސް ބްރޮކޮލީގައި ހިމެނޭ އެހެނިހެން މުހިއްމު މާއްދާތަކުގެ ތެރޭގައި ފޮލޭޓު، މެންގަނީސް، ފޮސްފަރެސް، ވިޓަމިން އޭ، ސީ އަދި ވިޓަމިން އީ ގެ އިތުރުން ޕޮޓޭސިއަމް ވެސް އެކުލެވެ އެވެ.
ބާރްލީ

ބާރްލީ ---
ޖޯޑެއްގެ ތިން ބައި ކުޅަ އެއްބައި ބާރްލީގައި 23 ޕަސެންޓަށް ކްރޯމިއަމް އެކުލެވެ އެވެ. ކްރޯމިއަމް އާ އެކު، ކޮޕާ، މެގްނީސިއަމް، މެންގަނީސް އަދި ސެލެނިއަމް ފަދަ މާއްދާތައް ވެސް ބާރްލީގައި އެކުލެވެ އެވެ.
ގްރީން ބީންސް

ގްރީން ބީންސް ---
ގްރީން ބީންސް އަކީ އާއްމުކޮށް ކެއްކުމުގައި ބޭނުން ކުރާ އެއްޗެކެވެ. އޭގެ އެއް ޖޯޑު ބީންސްގައި ހަ ޕަސެންޓަށް ކްރޯމިއަމް އެކުލެވެ އެވެ. ހަމައެއާ އެކު، ގްރީން ބީންސް އަކީ ވިޓަމިން ކޭ، ކެލްސިއަމް އަދި އަޔަން ފަދަ މުހިއްމު މާއްދާތަކުން މުއްސަނދިވެފައިވާ ތަރުކާރީ އެކެވެ.
އަސޭ މިރުސް

އަސޭ މިރުސް ---
އަސޭ މިރުހަކީ ވެސް އާއްމުކޮށް ކާ އެއްޗެހީގެ ރަހަ މީރު ކުރުމަށް ބޭނުން ކުރާ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންތެރި ގިނަ މާއްދާތަކެއް އެކުލެވޭ އަސޭ މިރުހުގައި ވެސް ކްރޯމިއަމް ކޮންމެވެސް ވަރަކަށް އެކުލެވެ އެވެ. އެގޮތުން ދެ ތިން ސައިސަމްސާ އަސޭ މިރުހުގައި ތިން ޕަސެންޓު ވަރު ކްރޯމިއަމް އެކުލެވެ އެވެ.
މައުލޫމާތު: 1މިލިއަން ހެލްތު ޓިޕްސް