އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސްއަށް އާ ހަނގުރާމަވެރިން ރެކްރޫޓްކުރުމުގެ މަސައްކަތްކުރާ 20 މީހަކު ތުރުކީން ހައްޔަރުކޮށްފައިވާ ކަމަށް އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ރަޝިއާ ސަރުކާރުގެ ނޫސް އެޖެންސީ، އާރުއައިއޭ އިން ބުނެފި އެވެ.

"ފުލުހުންނާއި ފެޑެރަލް ސެކިއުރިޓީ ސާވިސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައިއެސްއާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ 20 މީހަކު ވަނީ ހައްޔަރުކޮށްފައި. ލިބުނު މައުލޫމާތުގެ އަލީގައި އެމީހުންދިޔައީ މީހުން ހޯދައި ރެކްރޫޓްކުރުމުގެ މަސައްކަތް މޮސްކޯގައި ކުރަމުން،" މައުލޫމާތުދިން ސަލާމަތީ ބާރުގެ މަސްދަރުން ބުނިކަމަށް އާރުއައިއޭއިން ބުނެފައިވެ އެވެ.

އާރުއައިއޭ އިން ބުނި ގޮތުގައި، ހައްޔަރުކުރި މީހުންނަކީ ސޮވިއެޓް ރިޕަބްލިކް އޮފް އުޒްބެކިސްތާނުގެ މީހުންނެވެ. އަދި އެމީހުންގެ އަތުން ފޭކު ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ.

ރަޝިއާއަކީ އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސީރިއާގެ އަސްކަރިއްޔާ އަށް ވައިގެ މަގުންނާއި ހަތިޔާރާއި އަދި ހިޔާލު ދިނުމުގައި އެހީތެރިވާ އެއް ގައުމެވެ.

މައުލޫމާތު: ރޮއިޓާސް، އެފް24