އެޕަލް ކުންފުނީގެ އެންމެފަހުގެ ސްމާޓްފޯން،އައިފޯން އެސްއީއަންނަ އާދީއްތަ ދުވަހު ރާއްޖޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށާއި ޕްރީއޯޑަރު ކުރަން ބޭނުންވާ ކަސްޓަމަރުންނަށް، މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫން މިރޭ ބުނީ، ހަތަރު އިންޗީގެ ޑިސްޕްލޭ ހިމެނޭ ފޯނުތަކުގެ ތެރެއިން އެންމެ ބާރުގަދަ ފޯނުކަމަށްވާ އައިފޯން އެސްއީ އުރީދޫ އިން އެޕްރީލް މަހުގެ 6 ވަނަ ދުވަހު ރާއްޖޭގައި ރިލީޒް ކުރާނެ ކަމަށެވެ.

އައިފޯން އެސްއީއަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލާފައި ވާއިރު،އުރީދޫގެ ވެބްސައިޓްމެދުވެރިކޮށް، މިހާރު ޕްރީއޯޑަރު ކުރެއްވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އުރީދޫން ބުނީ، އައިފޯން އެސްއީއަށް ޕްރީއޯޑަރު ކުރަން ބޭނުންވާ ކަސްޓަމަރުން،http://ooredoo.mv/iphoneއަށް ޒިޔާރަތް ކޮށް، އެ ޚިދުމަތް ލިބިގަތުމުގެ އިތުރުން، އައިފޯނު އެސްއީ އަށް ހާއްސަކޮށް އުރީދޫން ތައާރަފްކޮށްފައިވާ ޕެކޭޖްތަކުގެ މަޢުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.

އުރީދޫން ބުނީ، އައިފޯން އެސްއީގެ ޕްރީއޯޑަރުތައް ފުރިހަމަވާނީ ފައިސާ ދެއްކުމުން ކަމަށާއި، އަދި އެ ޚިދުމަތް ލިބޭނީ، އެންމެ ފުރަތަމަ އެދޭ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ސްޓޮކް ހުސްވަންދެން ކަމަށެވެ.

އައިފޯން އެސްއީގެ ކުލަތަކުގެ ތެރޭގައި ގޯލްޑް، ރޯސްގޯލްޑް، ސްޕޭސް ގްރޭ އަދި ސިލްވަރ ހިމެނޭއިރު، 16ޖީބީ، އާއި 64ޖީބީގެ ފޯން، 12 މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ޑައުންޕޭމަންޓްގެ ގޮތުގައި 1,999 ރުފިޔާ ދައްކާފައި ފޯނު ގަނެވޭނޭ ކަމަށްވެސް އުރީދޫން މައުލޫމާތުދެއެވެ.