އައްޑު އަތޮޅުގައި 15 މީހުންނާ އެކު މަހަށް ނުކުތް ދޯންޏެއްގެ މީހަކު ކަނޑުމަތީގައި މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަހަށް ގޮސް އުޅެނިކޮށް މަރުވެފައި ވަނީ ސ. ހިތަދޫ ކާކީގޭ އިބްރާހީމް މުހައްމަދު،51 ކަމަށެވެ. އެ ހާދިސާ ހިނގީ އައްޑޫ ކަނޑުން އަށް މޭލު ބޭރުގައި އެ މީހުން އެންދަމަން ތިއްބައި ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހިތަދޫ ހޮސްޕިޓަލަށް ގެންދިޔައީ ދޯނި ތެރެއަށް ވެއްޓުމާ ގުޅިގެން ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެެއްވެސް ހަރަކާތެއް ނެތް ކަމަށާއި އެމީހާ މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށެވެ.