30 Mar 2016, 16:58
ބޮލީވުޑްގެ ސުޕަސްޓަރ އަކްޝޭ ކުމާރުގެ ޓްވިޓަރ ފޮލޮވަރުންގެ އަދަދު 12 މިލިއަނަށް އަރައިފި އެވެ.
ޓުވިޓާގައި އަކްޝޭ ފޮލޯ ކުރާ މީހުންގެ އަދަދު 12 މިލިއަނަށް އެރި އިރު، 20 މިލިއަން ފޮލޮވަރުންނާ އެކު ބޮލީވުޑުގެ އެންމެ ގިނަ ފޮލޮވަރުން ތިބީ އަމީތާބް ބައްޗަންގެ އެވެ. އަމީތާބުގެ ފަހަތުން 18 މިލިއަން ފޮލޮވަރުންނާ އެކު ޝާހު ރުކް ހާންއަށް ދެވަނަ ލިބޭ އިރު 17 މިލިއަން ފޮލޮވަރުންނާ އެކު ތިން ވަނައިގައި އޮތީ އާމިރު ހާން އެވެ.
ސޯޅަ މިލިއަން ފޮލޮވަރުންނާ އެކު ސަލްމާން ހާން އަށް ހަތަރު ވަނަ ލިބޭ އިރު ފަސްވަނަ ހޯދާފައި ވަނީ މިހާރު ހޮލީވުޑުގައި ފިޔަޖަހަމުން އަންނަ ބޮލީވުޑުގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެވެ. އެއީ 13 މިލިއަން ފޮލޮވަރުންނާ އެކު އެވެ.
އަކްޝޭ ޓުވިޓާގައި ފޮލޯ ކުރާ މީހުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އަމީތާބް ބައްޗަން، ރިތިކް ރޯޝަން، ރިތޭޝް ދޭޝްމުކް، ސޮނާކްޝީ ސިންހާ، ސޯނަމް ކަޕޫރު، އަދި އަބީޝެކް ބައްޗަން ހިމެނެ އެވެ.
ދެހާސް ހަވަނަ އަހަރު ޓުވިޓާއާ ގުޅުނު އަކްޝޭ މިހާތަނަށް ކޮށްފައި ވަނީ 2900 އެއްހާ ޓުވީޓެވެ.
ޓުވިޓާގައި އަކްޝޭ ފޮލޯ ކުރާ މީހުންގެ އަދަދު 12 މިލިއަނަށް އެރުމާ ގުޅިގެން އަކްޝޭގެ ސަޕޯޓަރުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އަކްޝޭގެ ސަޕޯޓަރުން އެމީހުންނަށް ކިޔަނީ "އައްކިއަންސް" އެވެ.
އަކްޝޭ މި އަހަރު ފަށާފައި ވަނީވެސް ކާމިޔާބު ފިލްމު "އެއާލިފްޓް" އާއެކީގަ އެވެ. އަދި އަކްޝޭ މިހާރު އަންނަނީ "ރޮބޮޓް 2" ގެ މަސައްކަތްވެސް ކުރަމުންނެވެ.