30 Mar 2016, 15:20
ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ޖަމާއަތްތެރިން އުފެއްދުމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ހިންގި ޖަމާއަތްތެރި ކަމުގެ ތިން ވަނަ ބުރުގައި 19 މީހަކު ތަމްރީނުކޮށްފި އެވެ.
އެ ތަމްރީނު ޕްރޮގުރާމް ފުރިހަމަ ކުރި 19 މީހުންގެ ތެރޭގައި ހިމެނެނީ އަށް އަންހެނުންނާއި 11 ފިރިހެނުން ކަމަށް، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ، އެ މަރުކަޒުގެ ފުވައްމުލަކު ގޮފީގައި ވެސް ޖަމާއަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ހިންގަމުން އަންނަ ކަމަށެވެ. އަދި އެ ޕްރޮގުރާމްގެ ދަށުން މިހާރު 18 މީހަކު ތަމްރީނު ކުރަމުން އަންނަ ކަމަށް އެ މަރުކަޒުން ބުނެ އެވެ.
ހަމައެއާ އެކު، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ޖަމާއަތްތެރިން ތަމްރީނު ކުރުމުގެ ތިން ބުރުން ޖުމްލަ 52 ފަރާތެއް މިހާތަނަށް ތަމްރީނު ކުރެވިފައިވާ ކަމަށް އެ މަރުކަޒުން ބުނެ އެވެ.