ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"ގެ ނަމަށް ބަދަލުކުރުމާ ގުޅޭ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ 43 މެމްބަރުންގެ ވޯޓުން ނެވެ.

އެ މައްސަލައާ މެދު ރައްޔތިުންގެ މަޖިލީހުން ފެންނަގޮތެއް ކަނޑައަޅައިދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވެވީ މި މަހުގެ 15ވަނަ ދުވަހު އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަމުގައި ރައީސް ޔާމީން އިދާރާއެއް އުފެއްދެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެ އިދާރާ އުފެއްދެވީސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާމަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން 'މޯލްޑިވްސް އިމިގްރޭޝަން'އަށް ބަދަލުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.