30 Mar 2016, 13:32
އަންނަ މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގައުމީ ގުރުއާން މުބާރާތް ފަސްކޮށްފި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ގައުމީ ގުރުއާން މުބާރާތް ފަސްކުރަން ޖެހުނީ މުބާރާތަށް ތައްޔާރުވުމަށް ޓަކައި އިތުރު ވަގުތު ބޭނުންވާ ކަމަށް ވަރަށް ގިނަ ކައުންސިލްތަކުން އެދެމުން ދާތީ ކަމަށެވެ.
ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚު ފަސްކުރި ނަމަވެސް މުބާރާތް ބޭއްވުމާ ބެހޭ ގޮތުން ހަމަޖެހި އިއުލާން ކޮށްފައިވާ އެއްވެސް އުސޫލަކަށް ބަދަލު ގެނެވިފައިނުވާ ކަމަށެވެ.
ގުރުއާނާ ބެހޭ މަރުކަޒުން ބުނީ ގައުމީ ގުރުއާން މުބާރާތް ބޭއްވުމަށް މިހާރު ނިންމާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.