30 Mar 2016, 12:22
އެއާކްރާފްޓް އުފައްދާ ކުންފުނި ބޮއިންގް އިން، މި އަހަރުގެ ޖޫން މަހުގެ ކުރިން 4،500 މުވައްޒަފުން ވަޒީފާ އިން ވަކިކުރާނެ ކަން ހާމަކޮށްފި އެވެ.
އެ ކުންފުނީގެ އެތައް މުވައްޒަފުންގެ ވަޒީފާ އުވާލައި، އެ މުވައްޒަފުން ވަކި ކުރުމަށް ނިންމީ، އެކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ނިޔަތުގަ އެވެ. އެކުންފުނިން ބުނީ، ޚަރަދުތައް ކުޑަކުރުމަށް ފަހު، އަގުހެޔޮ ޖެޓްލައިނާތަކެއް އުފެއްދުމަށް އެކުންފުނިން އެދޭ ކަމަށެވެ.
ބޮއިންގް ކުންފުނީގެ ތަރުޖަމާނަކު ބުނީ، އެ ކުންފުނިން ކަނޑާލުމަށް ހަމަޖެހިފައި ވަނީ 2،400 މަގާމެވެ. އޭގެ ތެރޭގައި އެކުންފުނީގެ ސީނިއާ ލެވެލްގެ އެތައް މަގާމެއް ފުރާ ފަރާތްތައް ވެސް ހިމެނެ އެވެ. އަދި އޭގެ އިތުރުން 1،500 އަށް ވުރެ ގިނަ މުވައްޒަފުން އަމިއްލަ އިޚްތިޔާރުގައި ވަކިވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ބޮއިންގގެ ފްލައިޓު ޓެސްޓިންގް ޔުނިޓުގެ 5،700 މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓް މުވައްޒަފުންގެ ވަޒީފާ އުވާލުމަށް އެކުންފުނިން ނިންމާފައިވެ އެވެ. ވަޒީފާތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރާ އިރު، މިދިޔަ ޑިސެމްބަރު މަހު އެކުންފުނީގެ މުވައްޒަފުންގެ އަދަދަކީ 161،000 އެވެ. ނަމަވެސް މި އަދަދު މިއަހަރު ނިމުމުގެ ކުރިން 82،000 އަށް ދަށް ކުރުމަށް ބޮއިންގް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
ބޮއިންގއިން ރިކޯޑު އަދަދަކަށް ޖެޓު އުފެއްދުމުގެ އޯޑަރު ނަގައި، މިހާރު ދަނީ ސިންގަލް އަދި ޓްވިން އައިލް އެއާކްރާފްޓްތަކެއް ގިނަ އަދަދަކަށް އުފައްދަމުންނެވެ. ނަމަވެސް އެއާބަސް ކުންފުނިން ދަނީ ދަނީ އެއާކްރާފްޓު އުފެއްދުމުގެ މާކެޓު ޝެއާ ބޮޑަށް ނަގައި، ބޮއިންގް ކުންފުނި މާކެޓުގައި ބައްޓައިލަމުންނެވެ.