މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން އަޕްގުރޭޑް މަސައްކަތްތަކެއް ކުރަމުންދާތީ ޕްރެޝަރުގައި ފެންލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ 2014 ވަނަ އަހަރު ހިނގި ފެނުގެ ކާރިސާއަށް ފަހު ފެނުގެ ހިދުމަތް ރަނގަޅުކުރުމަށް ސިސްޓަމް އަޕްގުރޭޑިން މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ފެނުގެ ޕްރެޝާ ދަށްވެ، މާލޭގެ ބައެއް ގެތަކަށް ޕްރެޝަރުގައި ފެނުގެ ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެ މައްސަލަ ހައްލު ކުރެވޭނެ ވަކި މުއްދަތެއް އެކުންފުނިން ހާމައެއްނުކުރެ އެވެ. އޭގެ ބަދަލުގައި އެކުންފުނިން ބުނީ އެ މަސައްކަތް ހަލުވިކަމާ އެކު ކުރަމުން އަންނަ ކަމަށާއި ވީ އެންމެ އަވަހަކަށް ގޭބިސީތަކަށް ޕްރެޝަރުގައި ފެން ލިބިގެންދާނެ ކަމަށެވެ.