ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގައި "ޗައިލް ފްރެންޑްލީ އިންޓަވިއު ރޫމް"އެއް ހުޅުވައިފި އެވެ.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ރޫމު ހުޅުވާފައި ވަނީ އިއްޔެ އެވެ. އިންޓަވިއު ރޫމް ރަސްމީކޮށް ހުޅުވައި ދެއްވީ އަޕާ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޓާ ސްޕްރިޑެންޓެންޓް އޮފް ޕޮލިސް ހަސަން ހަނީފު އެވެ.

ޕޮލިސް ސްޓޭޝަނުގައި ހުޅުވި އިންޓަވިއު ރޫމްގެ ބޭނުމަކީ ކުޑަކުދިން ހިމެނޭ އެކި މައްސަލަތަކުގެ ތަހުގީގުގައި އެކުދިންނާއި ސުވާލުކުރާ އިރު އެ ކުދިންނާއި އެންމެ އެކަށޭނަ އަދި ކުދިންނާއި ގުޅޭ، ކުދިން ގަޔާވާކަހަލަ މާހައުލެއްގައި އިންޓަވިއު ކުރިއަށް ގެންދިއުން ކަމަށް ފުލުހުން ބުނެ އެވެ.

އިންޓަވިއު ރޫމްގައި ކުދިންނާ ރައްޓެހި މާހައުލެއް ގާއިމު ކުރުމަށް ކުޅޭ އެއްޗެއްސާ ފޮތް ފަދަ ތަކެތި ވަނީ ބަހައްޓާފަ އެވެ.