30 Mar 2016, 11:12
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އައިޝަތު އާޒިމާ ޝަކޫރު ޕާކިސްތާނަށް ފުރައިވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އެކަމަނާ ޕާކިސްތާނަށް ފުރައިވަޑައިގެންނެވީ ސިޔާސީ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ކަމަށެވެ.
ޢާޒިމާ ދަތުރުފުޅުގައި، ޕާކިސްތާނު ސަރުކާރުގެ އިސްފަރާތްތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.