ހދ. ކުޅުދުއްފުށީގައި ތަކުރާރުކޮށް، އެކި ދުވަސް މަތިން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު "ތަކުރާރުކޮށް އެކި ދުވަސް މަތިން، ގަދަ ކަމުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް" ތުހުމަތު ކުރެވޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހައްޔަރު ކުރި މީހާގެ ބަންދަށް މިހާރު ވަނީ ކޯޓުން 10 ދުވަސް ޖަހައިފަ އެވެ.