30 Apr 2011, 21:13
ގުދަނެއް ކައިރީ އިން އުމުރުން ދުވަސްވީ ދިވެހި ވޮޗަރެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލުމާއި ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އެބަދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމްށްކޮށްލައިފައި ވަނީ އެންސްޕާ ކައިރީގައި ހުންނަ ކޮކާކޯލާ ކޮމްޕެނީގެ ގުދަން ބަލަހައްޓަން އިން އުމުރުން 60 އަހަރުގެ މީހެއް ކަމަށެވެ. އަދި އެމީހާގެ ބުރަކަށީގެ ހަތަރު ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ވޮޗަރަކަށް އިން މީހާ އަށް ހަމަލާދިން މީހުން ވަނީ އެމީހާ އަށް ހަމަލާދިނުމަށް ފިލައިފަ އެވެ. ނަމަވެސް، ފުލުހުން އަދި އެކަންތައް ކަށަވަރުކޮށެއް ނުދެ އެވެ.
މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އައިޖީއެމްއެޗުން ބުނީ އެމީހާގެ ބުރަކަށިން ހަތަރު ތަނަކަށާއި މޫނު މަތިން ދެ ތަނަކަށް ވަޅި ހަރަފާއިވާއިރު ވައަތު ކުޑަ ހުޅުގައި ވެސް ވަޅި އަޅާފައިވާ ކަމަށެވެ. އެ މީހާ އަށް އެމަޖެންސީ ރޫމްގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހަމަލާދީފައި މިވަނީ މާރާމާރީ އާއި ކުށްކުރުން ހުއްޓުވައި، މާލެ އަމާން ތަނަކަށް ހެދުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ވަނިކޮށެވެ.
----------------------
21:15 މާލޭގައި އުމުރުން 60 އަހަރުގެ އުމުރުން ދުވަސްވީ ދިވެސެއްގެ ގަޔަށް މިރޭ ވަޅި ހަރައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހަމަލާދީފައިވަނީ މީގެ ބައިގަޑިއިރެއްހާއިރު ކުރިން ކަމަށާއި ޒަހަމްވި މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލު ފަހުން ދެއްވާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ސަން އަށް ގުޅައިފަ މައުލޫމާތު ދިން ފަރާތަކުން ބުނީ، ވަޅިޖަހައިފައިވަނީ އެންސްޕާ ކައިރީގައި ހުންނަ ކޮކާކޯލާ ކޮމްޕެނީގެ ގުދަން ބަލަހައްޓަން އިން އުމުރުން ދުވަސްވީ ފިރިހެނެއްގެ ބުރަކަށްޓަށް ކަމަށެވެ. އޭނާއަށް ހަމަލަދިން މީހުން ވަނީ ހަމަލާދިނުމަށްފަހު ފިލައިފަ ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް، ފުލުހުން އަދި އެކަންތައް ކަށަވަރުކޮށެއް ނުދެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، އޭނާގެ ބުރަކަށީގެ ހަތަރު ތަނަކަށް ވަނީ ވަޅިހަރައިފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމީހާއަށް މިހާރު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުންދާ ކަމަށާއި އިތުރު ތަފްސީލު ފަހުން ދެއްވާނެ ކަމަށެވެ.
މި ހަމަލާދީފައި މިވަނީ މާރާމާރީ އާއި ކުށްކުރުން ހުއްޓުވައި، މާލެ އަމާން ތަނަކަށް ހެދުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ވަނިކޮށެވެ.