10:30 ގާތްގަނޑަކަށް 13 ގަޑި އިރަށް ފަހު މުޒާހަރާ ހުއްޓާލުމަށް ފަހު ބައިވެރިން ގެއަށް ހިނގައްޖެ އެވެ. ފަހަކަށް އައިސް ބޭއްވި އެންމެ ގިނަ ބަޔަކު އެއްވި އަދި އެންމެ ދިގުދެމިގެން ދިޔަ މުޒާހަރާ، ހުއްޓާލީ ގިނަ ބަޔަކު އެކަހެރިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ގަ އެވެ. އަދި ވަރަށް ގިނަ ބަޔަކާއި މުދަލާއި ތަކެއްޗަށް ގެއްލުން ލިބިފައިވެ އެވެ.
ރޭ 9 ޖެހި އިރު ފެށި މުޒާހަރާ ފަތިސްވާން ކައިރިވެފައި ވަނިކޮށް ފުލުހުން ފުރަތަމަ ރޫޅާލީ މާ ބޮޑު އިންޒާރުތަކެއް ދިނުމަކާ ނުލައި ގިނަ ބަޔަކަށް އަނިޔާވާ ފަދަ ގޮތަކަށެވެ. ޗާނދަނީމަގާއި މަޖީދީމަގު ގުޅުނު ހަތަރު އަނގޮޅީގައި ބޭއްވި މުޒާހަރާ ފުލުހުން "ބާރުގެ ބޭނުންކޮށްގެން" ރޫޅާލި އިރު މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދެކޮޅަށް ގަލާއި

10:12 "ތަހުރީރު މައިދާން" ހުސްކޮށް މީހުންތައް އަނެއްކާ ވެސް ފުލުހުން ފޮނުވައިލައިފި އެވެ. ނަމަވެސް ކޯޅިކޯޅިއަށް އެކި ކަންކަން މަތީގައި މީހުންތައް އެބަ ހަރަކާތްތެރިވަމުން އެބަދެ އެވެ.

9:37 މުޒާހަރާ ކުރާ ކަވަރު ކުރުމަށް "ތަހުރީރު މައިދާން"ގައި ތިބި ނޫސްވެރިން ކޮއްޕައި ފުލުހުން ދުރަށް ލާންފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅު ވަނީ ފާސް އަޅުވައިގެން ތިބި ނޫސްވެރިންނަށް ވެސް އެ ތަނުގައި ނުތިބެވޭނެ ކަމަށެވެ.
9:18 މުޒާހަރާ ކުރާ ތަނުން ނޫސްވެރިން ވެސް ދުރަށް ދިއުމަށް ފުލުހުން އިންޒާރު ދޭން ފަށައިފި އެވެ.

9:05 ފުލުހުން ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދޭން ފަށައިފި އެވެ.

8:58 "ތަހުރީރު މައިދާން" ހިޔާކުރި ސަތަރި ފުލުހުން ނައްްޓާލައިފި އެވެ. ރަޔަޓް ގިޔަރުގައި ތިބި ފުލުހުންނާ އާންމުންނާ ދެމެދު ކޮންމެ ވެސް ވަރެއްގެ ކުރިމަތި ލުންތަކެއް ކުރިއަށް އެބަދެ އެވެ.

8:55 "ތަހުރީރު މައިދާން" ހިޔާކޮށްފި އެވެ.

7:46 ފުލުހުންގެ ޖިޕަށް އަރުވައިގެން ގެންދިޔަ ދެ ނޫސްވެރިން ކަމުގައިވާ ހުސެއިން ހަސަން އާއި އަބްދުﷲ
ޖަމީލު ދޫކޮށްލައިފި.

7:22 އަނެއްކާވެސް މަޖީދީ މަގާއި ޗާނދަނީ މަގު ގުޅުނު ކަންމައްޗަށް އެއްވެ ގިނަ ބަޔަކު އަޑުއުލަމުން އެބަދެ އެވެ. މަޑުމަޑުން މީހުން ދަނީ ގިނަވަމުންނެވެ. ފުލުހުން ގެންދަނީ އެމީހުން ދުރަށް ޖެއްސުމަށް މަސައްކަތްކުރަމުންނެވެ.

6:49 ހަވީރުގެ ރިޕޯޓާ އަބްދުﷲ ޖަމީލުވެސް ހައްޔަރުކޮށްފި.


6:49 ރޭއިން ފެށިގެން މުޒާހަރާ ކަވަރުކުރަމުންދިޔަ ސަންގެ ޖާނަލިސްޓް ހުސެއިން ހަސަން އާއި ސަން އޮންލައިންގެ ވެބް ޑެވެލޮޕާ މުހައްމަދު އަފްޒަލް މުޒާހަރާކުރިއަށް ދިޔަ ސަރަހައްދުގައި ތިއްބައި މީގެ ކުޑައިރުކޮޅެއް ކުރިން ހައްޔަރުކޮށްފި. އަފްޒަލް މިހާރުވީ ހައްޔަރުކުރި މީހުން ގެންދާ ދޫނިދޫ ލޯންޗުގައި. ހުސެއިންގެ ހަބަރެއް ނުވޭ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ހުސެއިން ހައްޔަރުކުރީ މީޑިއާ ފަހަތަށް ޖެއްސުމަށް ފުލުހުން ކުރި މަސައްކަތަށް އޭނާ އެއްބަސްނުވެ، މުޒާހަރާ ރިޕޯޓްކުރަމުންދިޔުމާ ގުޅިގެންނެވެ.

6:38 އިރުއެރުމާއެކު އާއްމުންގެ ބައެއް މީހުން މަގުތަކެއް ނުކުމެ މަންޒަރު ބަލަމުން އެބަދޭ. މުޒާހަރާކުރި ސަހައްދުގައި ބޮޑެތި ގެއްލުންތަކެއް ޕޭވްމަންޓަށައި ތަކެއްޗަށް ލިބިފައިވޭ. އަދި މަގުމަތީ ގިނަ އަދަދެއްގެ ކުނިބުނި އެބަހުރި.

6:18 މަޖީދީމަގުގައި މީހުން އެއްވި ސަރަހައްދުގައި ދަމައިފަ ހުރި ޓޭޕްތައް ނައްޓާލައި އާއްމުންނަށް މަޖީދީމަގު ހުޅުވާލައިފި. މިހާރު މަސްރަހު ވަނީ ފިނިވެފައި. ވަރަށް މަދު އަދަދެއްގެ ބަޔަކު ތިބީ.

5:50 މީހުން އެއްވެ ތިބި ސަރަހައްދުން ދުރަށް ޖެއްސުމަށްފަހު އެ ސަރަހައްދުގައި ޓޭޕް ދަމައި، ވަނުން މަނާކޮށްފި. މީޑިއާއަށް ވެސް އެ ސަރަހައްދަށް ނުވަދެވޭނެ ކަމަށް އަންގައިފި. މީޑިއާ މީހުން ވަނީ ފަހަތަށް ޖައްސައިފަ.

5:36ހަމަނުޖެހުމުގައި ފުލުހުން މުގުރުން ތެޅި ކަމަށް ބުނާ ޒުވާނާ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ ކަމަށް ހަބަރު ފެތުރިއްޖެ. އެހެންނަމަވެސް، ހަމަނުޖެހުމުގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެއްވެސް މީހަކު މަރުވެފައިވާކަން ކަށަވަރެއް ނުވޭ.

އަންހެން ފުލުހަކާއި އަދި އިތުރު ދެ ފިރިހެން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. އަދި މުސްކުޅި ފިރިހެނަކަށްވެސް އަނިޔާވެގެން ފަރުވާ އެބަދޭ.

5:34 މެމްބަރު އަހްމަދު މަހްލޫފް ހައްޔަރުކޮށްގެން ގެންގޮސްފި.

5:29 މަޖީދީމަގުގައި ދިރާގު ޓެލެޝޮޕް ކައިރީ ހުރި ދެ ސައިކަލެއްގައި ރޯކޮށްލައިފި. އެ ދެ ސައިކަލު ހުޅުގަނދު ދަނީ ބޮޑުވަމުން.

http://www.sun.mv/uploads/l_716610.jpg

ފުލުހުން ދެންމެ އެއްވެ ތިބި މީހުން ފައްސާލައިފި. ފުލުހުންގެ އަމުރަނަށް ނުކިޔަމަންތެރިވާ އެންމެން ހައްޔަރުކުރަނީ. ގިނަ އަދަދެއްގެ ބަޔަކު ދެންމެ ވެސް ހައްޔަރުކޮށްފި.

އަނެއްކާވެސް މުޒާހަރާ ފަށައިފި. ފުލުހުންނާ އާއްމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަނީ. އާއްމުން ފުލުހުންނާ ދިމާއަށް ގާއުކަނީ. ފުލުހުން ޝީލްޑުން އާއްމުން ފަހަތަށް ޖައްސަނީ.

5:07 އަނިޔާވި ޒުވާނަކަށް އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުން އެބަދޭ. އޭނާގެ ހާލު ސީރިއަސް ކަމަށްވޭ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، ކަރުނަ ގޭސް ޖެހި ވަގުތު ފިލަން ގެއަކަށް ވަން އެ ޒުވާނާ ގައިގައި ފުލުހުން މުގުރުން ތަޅާފައިވޭ. އެ ޒުވާނާ އޮތް ކަމަށް ބުނާ ތަޅުން މަތީ ލޭ ވެސް އެބަހުރި ކަމަށް އެތަނުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނޭ.

ފުލުހުން އަދި އަދިވެސް އެ ސަރަހައްދުގައި މަޑުކޮށްގެން ތިބި މީހުން ގެއަށް ފޮނުވާލުމަށް މަސައްކަތްކުރަމުން. ބައެއް މީހުން ރުޅިއައިސްގެން ހަޅޭލަވަނީ. އަނިޔާވި މީހަކު ނެރެގެން މީގެ ކުޑައިރުކޮޅެއް ކުރިން ވެސް ގެންގޮސްފި.

5:02 މަޖިލިސް މެމްބަރު، ވައިކަރަދޫ ދާއިރާގެ އަލީ އާރިފްވެސް ދޫނިދޫއަށް މީހުން ގެންދިޔަ ލޯންޗަށް އެރުވި. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލައިފައި. އޭނާ ވިދާޅުވަނީ، ލޯންޗުގައި 10 ވަރަކަށް މީހުން އޭރު ތިބި ކަމަށް.

4:41 މާދަމާ ރޭ ވެސް މުޒާހަރާ އޮންނާނެ ކަމަށް އެތަނުގައި ތިބި މީހުންނާއި ސިޔާސީ ލީޑަރުން ބުނޭ. އެތަނުގައި ތިއްބެވި މަޖިލީހުގެ މެމްބަރުން ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެން ސުލްހަވެރި މުޒާހަރާއެއް ރޫޅާލި މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް.

4:38 އެއްވެ ތިބި އަންހެނުންނާއި ޒުވާނުންނަށް ވެސް އަނިޔާވި. ފިރިހެން ފުލުހުން ވަނީ އަންހެނުން ދަމައިފައި އެ ސަރަހައްދުން ދުރަށް ޖައްސައިފައި.

4:36 ހައްޔަރުކުރި ބައެއް މީހުން ދޫނިދޫއަށް ގެންދާ ކަމުގެ މައުލޫމާތު ލިބިއްޖެ. ނަމަވެސް، ފުލުހުންގެ ބަހެއް ނުލިބުނު. ފުލުހުންގެ މީޑިއާ އޮފިޝަލު ފޯނު ބިޒީ ކޮށްލައްވަނީ.

4:30 ފިހާރައެއްގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެންގޮސްފައި. މަގުމަތީ ޕާކުކޮށްފައި ހުރި ސައިކަލުތަކަށް ވެސް ވަނީ ގެއްލުންވެފައި. ބައެއް މީހުންގެ ބޯފަޅައިގެން ގޮސްފި. އަނިޔާވި ބައެއް މީހުން ހޮސްޕިޓަލަށް ވެސް ގެންގޮސްފި.
މަގުމަތީގައި ޕޭވްމަންޓުގެ ގާތަކެއް ވަކިން ވެސް އެބަހުރި އެކި ތަންތަނުގައި އުކައިފައި. ބެލެވޭ ގޮތުގައި، އާއްމުން ވަނީ އެއީ އާއްމުން ފުލުހުންނާ ދިމާއަށް އުކި ގާތައް. ފުލުހުން ވަނީ މުޒާހަރާކުރި މީހުންގެ ލޮރީއާއި އަޑުގަދަކުރާ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައި.

4:12 ކަރުނަ ގޭސް ޖެހި ވަގުތު ސައިކަލެއްގައިވެސް ރޯވި. އެކަމަކު ވަގުތުން އެ އަލިފާން ވަނީ ނިއްވައިލައިފައި. ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު މެދުނުކެނޑި ކުރިމަތިލުންތަކެއް ހިނގަނީ. ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްގެން ފުލުހުން އެބަގެންދޭ. އެކަމަކު މަޖިލިސް މެމްބަރަކާއި އިސް ސިޔާސީ ލީޑަރަކު ހައްޔަރުކުރި މަންޒަރެއް ނުފެވޭ. ކަރުނަ ގޭސް ޖެހުމާ ގުޅިގެން އެއްވުން ވަނީ މުޅިން ރޫޅިފައި.

4:02 ކަރުނަ ގޭސް ޖެހުމުން ބައެއް މީހުންނަށް އަނިޔާވެސް އެބަވޭ. ބައެއް މީހުން ދަޅާއި ކަރުދާސް ތަށި ކަހަލަ އެއްޗެހި ފުލުހުންނާ ދިމާއަށް އުކާފައިވޭ. މުޒާހަރައިގެ ބައިވެރިން ވަށާލައި، އެކިދިމާއިން ކަރުނަ ގޭސް ޖަހައި މުޒާހަރާ ކުޑަހިނދުކޮޅެއްގެ ތެރޭ ރޫޅާލައިފި. ބައެއް މީހުންނަށް އަނިޔާވެސް ވި. ފުލުހުންނާ ބައެއް މީހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުން އެބަދޭ. އެ ސަރަހައްދުގައި ހުރި ނޫސްވެރިޔާ ބުނަނީ، މަސްރަހު ވަރަށް ހޫނުވެއްޖެ ކަމަށް. ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައިވޭ.

1:33 ތުލުސްދޫން އައި މީހުން މުޒާހަރާ ކުރާ މީހުންގެ ސަފުތަކާ ގުޅިއްޖެ އެވެ.

12:52 އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ކަމަށް ބުނާ ބަޔަކު މުޒާހަރާއާ ގުޅިއްޖެ އެވެ. އެ މީހުން ބުނީ އެ މީހުން ވެސް މުޒާހަރާގައި ބައިވެރިވީ ކާބޯތަކެތީގެ އަގު އަތްފޯރާ ފަށަށް ވުރެ މައްޗަށް ދާތީ ކަމަށެވެ.

12:45 ސިފައިންގެ މައި މަރުކަޒު ބަނޑޭރިގެ ކައިރިއަށް ޓޭންކަރެއް ނެރެފި އެވެ. އަދި އެ ތަނުގައި ޝީލްޑްގައި ތިބި ސިފައިން ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެ އެވެ. ނަމަވެސް އަދި ވަކި ކާއްސަ އެކްޝަނެއް ނުފެނެ އެވެ.

http://sun.mv/albums/l_662.jpg

12:35މުޒާހަރާގައި ބައިވެރިވުމަށް ގިނަ ބަޔަކު ތުލުސްދޫން އަތުވެއްޖެ އެވެ. ނަމަވެސް އެ މީހުން މުޒާހަރާ ކުރާ
މީހުންނާ ގުޅުމަށް ފުލުހުން ވަނީ ހުރަަސްއަޅައިފަ އެވެ. ތުލުސްދޫން އައި މީހުން ތިބީ މަޖިދީމަގުން ޒިކުރާ މިސްކިތްކައިރީގަ އެވެ.

12:30 ފުލުހުން މިހާރު މަސައްކަތް ކުރަނީ މަޖީދީމަގުގެ ދެކޮޅަށް މީހުން ޖައްސަމުން ކޮށި ބޮޑު ކުރަމުންނެވެ.

http://www.youtube.com/watch?v=4oQGtq-3O54


23:52ރައަޓް ގިއަރުގައި ތިބި ފުލުހުން ޝީލްޑު ހިފައިގެން މުޒާހަރައިގެ ބައިވެރިން "ހިސޯރު"ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވޭ. އެ ސަރަހައްދުގައި ހުރި ސަންގެ ދެ ނޫސްވެރިން ބުނީ، މަޖީދީ މަގުގެ ދެ ފަރާތުންނާއި އަދި ޗާނދަނީ މަގުގެ ދެ ފަރާތުން ފުލުހުން ބަންދުކޮށްފައިވާ ކަމަށް. އަދި އިތުރު މީހުންނަށް އެ ސަރަހައްދާ ކައިރި ނުވެވޭ ގޮތަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން ކަމަށް ބުނޭ.

http://sun.mv/albums/l_651.jpg

22:46 މުޒާހަރާގެ ބައިވެރިން އަދިވެސް މަޖީދީ މަގުގައި އިށީނދެގެން ތިބެ އަޑުގަދަކުރަމުން އެބަދޭ. އެމީހުން ބުނަނީ، ސަރުކާރުން ތަކެތީގެ އަގުހެޔޮ ނުކުރަނީސް އެތަނުން ނުތެދުވާނެ ކަމަށް. މުޒާހަރާގައި އިދިކޮޅު ބޮޑެތި ޕާޓީ ތަކުގެ މެމްބަރުން ބައިވެރިވޭ. ފުލުހުންނާ މުޒާހަރާކުރާ މީހުންނާ ދެމެދު ހަމަނުޖެހުމެއް އަދި ހިނގައިފައެއް ނުވޭ. ނަމަވެސް، ރައަޓް ގިއަރުގައި ތިބި ފުލުހުންގެ ފައުޖެއް ދަނީ ޗާންދަނީ މަގުގައި ފާރަލަމުން.

http://www.youtube.com/watch?v=h1SjAaVxW94

22:12މަޖީދީމަގުގައި ގިނަ އަދަދެއްގެ ބަޔަކު އިށީނދެގެން ތިބުމާ ގުޅިގެން ޓްރެފިކް މައްސަލަ ބޮޑުވެ، އާއްމުންނަށް ހިނގާ ބިނގާވެ ނޫޅެވޭ ހިސާބަށް މުޒާހަރާ ހޫނުވުމާ ގުޅިގެން އެތަން ދޫކޮށް ދިއުމަށް އެދި އާދައިގެ ޔުނިފޯމުގައި ތިބި ގިނަ އަނދަދެއްގެ ފުލުހުން މަސައްކަތް އެބަކުރޭ.

http://www.sun.mv/uploads/l_716318.jpg

22:08ރައަޓް ގިއަރުގައި ތިބި ފުލުހުންގެ ބޮޑު ފައުޖެއް މުޒާހަރާއާ ދިމާއަށް އެބަދޭ. ޝީލްޑް ހިފައިގެން ތިބި ފުލުހުން ޗާނދަނީ މަގު އިސްކަންދަރު ސްކޫލް ކައިރީ މަޑުކޮށްގެން ތިބިއިރު، ބައެއް ފުލުހުން ތިބީ ޗާނދަނީ މަގު ބަންދުކޮށްގެން.

22:04 ޗާނދަނީ މަގުން ކުރިއަށް ނުދެވޭ ގޮތަށް ފުލުހުން ބަންދުކުރުމާ ގުޅިގެން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފި. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާ އެއް ނުވޭ.

21:51 އިށީނދެގެން ތިބި މީހުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން. މުޒާހަރާގެ ބައިވެރިން އިށީނުމާ ގުޅިގެން، މަޖީދީމަގުގައި ޓްރެފިކް މައްސަލަ ވަނީ ވަރަށް ބޮޑުވެފައި. އެކަން ކޮންޓްރޯލް ކުރުމަށް ޓްރެފިކް ޕޮލިހުން މަސައްކަތްކުރަމުން އެބަދޭ. މުޒާހަރާގެ ބައިވެރިން ބުނަނީ "މިއީ އަހަރުމެންގެ ތަހުރީރު މައިދާން" ކަމަށް.

21:43 މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ކުރިއަށްގޮސް، ޗާނދަނީ މަގާއި މަޖީދީ މަގާ ގުޅުނު ކަންމަތީ އިށީނދެ އަޑުގަދަކުރަމުން އެބަދޭ. ފުލުހުން އަދި މުޒާހަރާ ކުރާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް އެ ސަރަހައްދު ކަވަރުކުރާ ނޫސްވެރިން ބުނޭ.

21:06 ޑޮލަރުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު ބާޒާރުގައި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލި، އަތްނުފޯރާ ފަށަށް ދިޔުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ޒުވާނުން އިސްނަގައިގެން ބާއްވާ ހިނގާލުން މީގެ ކުޑައިރުކޮޅެއް ކުރިން އާޓިފިޝަލް ބީޗު ސަރަހައްދުން ފަށައިފި. އެ އެއްވުމުގައި ގިނަ އަދަދެއްގެ ޒުވާނުންގެ އިތުރަށް މަދަނީ ޖަމިއްޔާތަކާއި އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބައިވެރިވޭ.

މިރޭ ބާއްވާ މުޒާހަރާގައި ހަމަނުޖެހުމެއް ހިންގައިގެން ނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ. ފުލުހުން ނެރުނު ބަޔާނުގައި ބުނަނީ، "ހަމަނުޖެހުން ހިންގާ އެހެންގޮތަކަށް އެއްވުން ބަދަލުވެއްޖެނަމަ ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ" ކަމަށް.

މުޒާހަރާ ކަވަރު ކުރަނީ: ހުސެއިން ހަސަން އަދި އަހްމަދު ނާއިފް
ލައިވް ބްލޮގް އަޕްޑޭޓްކުރަނީ: ހައްވާ ލުބްނާ