29 Mar 2016, 16:19
އަހަރުން އަހަރަށް ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ތަކެއްޗާއި ހިދުމަތުގެ އަގުތައް ރާއްޖޭގައި މަތިވި މިންވަރު (އިންފްލޭޝަން ރޭޓް) 1.14 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭއިން އާއްމުކުރި ފެބްރުއަރީ މަހުގެ އިގްތިސާދީ ރިވިއު ރިޕޯޓްގައި ވަނީ ފެބްރުއަރީ މަހު އިންފްލޭޝަން ރޭޓު މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ގޭގައި ހިފައިގެންގުޅޭ ތަކެތި އަދި ތައުލީމީ ދާއިރާގެ އަގުތައް މައްޗަށް ދިއުން ކަމަށެވެ.
މި އަހަރުގެ ފެބްރުއަރީގައި އިންފްލޭޝަން ރޭޓް އަކީ 0.22 ޕަސެންޓެވެ.
އެމްއެމްއޭ އިން ބުނީ މަހުން މަހަށް ބަލާއިރު، ފާއިތުވި ޖަނަވަރީ މަހު މާލޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް ކުޑަކޮށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން 2015 ވަނަ އަހަރުގެ ޑިސެންބަރު މަހު ތަކެއްޗާއި ހިދުމަތުގެ އަގުތައް 0.5 ޕަސެންޓު ދަށަށް ދިއުމަށްފަހު ފާއިތުވި ޖަނަވަރީ މަހު 0.1 ޕަސެންޓު އަގުތައް މައްޗަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެ އެވެ.