29 Mar 2016, 14:38
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) އެ ގައުމުގެ ޕެރްމާތާ ނެގާރާ އަށް މިއަދު ޒިޔާރާތް ކުރައްވައިފި އެވެ.
ޕެރްމާތަ ނެގާރާއަކީ ހަތަރު އަހަރުން ދަށުގެ ކުޑަ ކުދިން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ޚާއްޞަ ތަޢުލީމީ ޕްރޮގްރާމްތަކެއް ހިންގާ މެލޭޝިޔާގެ މުއައްސަސާއެކެވެ.
މެޑަމް ފާތުން ޕެރްމާތަ ނެގާރާ އަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ބައްލަވާލައްވައި އެތަނުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނާ ބައްދަލު ކުރެއްވި އެވެ.
ރައީސްގެ ދެ ކަނބަލުން ވަނީ އިއްޔެގެ ވަގުތެއްގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. ރައީސްގެ ދެކަނބަލުން މެލޭޝިއާ އަށް ފުރާވަޑައިގެންފައި ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގު ދައުވަތަކަށް މިދިޔަ އާދީއްތަ ދުވަހު އެވެ.