29 Mar 2016, 12:22
އެމެރިކާގެ އޮހަޔޯ ސްޓޭޓުގެ ޕަމާ ސިޓީގެ ފުލުހުންގެ ނަމުގައި ފޭކު ފޭސްބުކް ޕޭޖެއް ހަދައި، ފުލުހުންނަށް ފުރައްސާރަ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.
އުމުރް 27 އަހަރުގެ އެންތަނީ ނޮވަކް ހައްޔަރުކުރީ، ޕަމާ ސިޓީގެ ޕޮލިސް ޑިޕާޓްމެންޓުގެ ފޭސްބުކްގެ ނަމުގައި ޕެރޮޑީ ޕޭޖެއް ހަދައި، ފުލުހުންގެ އަގު ވެއްޓުމަށް ފުލުހުންގެ ނަމުގައި އޭގައި ޕޯސްޓު ކުރުމުންނެވެ.
އޭނާ ވަނީ އެ ޕޭޖުގައި ފުލުހުންގެ ނަމުގައި ދޮގު މައުލޫމާތާއި އިއުލާނުތަކެއް ކޮށްފަ އެވެ. އަދި ނަސްލީ ތަފާތުކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށް ހިތްވަރުދިނުން ފަދަ ކަންކަން އޭނާ އެ ޕޭޖުގައ ވަނީ، ފުލުހުންގެ ނަމުގައި ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ޕަރމާގެ ފުލުހުން އޭނާ ހޯދައި، ހައްޔަރު ކޮށްފައިވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން، ނޮވަކް ހޯދުމަށް ފޭސްބުކްއިން ވަނީ ފުލުހުންނަށް އެހީތެރިވެދީފަ އެވެ. ނަމަވެސް މިކަން އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ނޮވަކް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕަރމާ ސިޓީގެ ޕްރޮސެކިއުޓަރުން އެދިފައި ވެ އެވެ. ވަކީލުން ބުނެފައިވަނީ، ނޮވަކްގެ "މަޖާ" ލިޔުންތައް ހައްދުން ނެއްޓި، އިޖްތިމާއީ ނުރައްކަލަށްވެ އެންމެ ފަހުން ސަމާސާ ވިހަވާ ހިސާބަށް ދިޔައީ ކަމަށެވެ.
މަސްދަރު: ސީނެޓް