މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ހަ ބޭފުޅުންގެ ނަންފުޅު ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ވަނީ ކުރިމަތިލާފަ އެވެ.

މިއަދުގެ ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ވަނީ އިއްވާފަ އެވެ.

ރައީސް އަބްދުﷲ ޔާމީން، މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ވަނީ "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމަށް އާންމުކޮށް އިއުލާނު ކުރުމުން އެކަމަށް އެދި ހުށަހަޅުއްވާފައިވާ އެންމެހާ ބޭފުޅުންގެ ނަންފުޅާއި އެބޭފުޅުންގެ ވަނަވަރު އެ ކޮމިޝަނަށް އައްޔަން ކުރުމަށް އަޅުގަނޑު އިސްކަންދޭ ތަރުތީބުން،" ސިޓީއާ އެކު ފޮނުއްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން ފޮނުއްވެވި ހަ ނަންފުޅަކީ ހ. ރީތިގަސްދޮށުގެ، މުހައްމަދު ޝަހީބާއި ޅ. ހިންނަވަރު ފަހަލަ، އިސްމާއިލް ސޮފްވާނާއި ވ. ވެރޯނިކާ، ހަސަން ނަބާހާއި ކ. ދިއްފުށި، ހުވަނދުމާގެ، ފާތިމަތު ޒައިނާއާ ގދ. ގައްދޫ އަތިރީގެ، ޒީނާ ޒާހިރުގެ އިތުރުން ގ. ގޮފި، ސަރާހަތު އިއްޒަތު އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިދިޔަ އެ ކޮމިޝަނުގައި މިހާރު ހިމެނޭ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވާތީ އެވެ.

ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް އައްޔަން ކުރެވޭ މެމްބަރަކު އެ މަގާމުގައި ދެމި ހުންނާނީ އެ މެމްބަރަކު އައްޔަން ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.