29 Mar 2016, 09:39
ފޮނިތޮއްޓާއި މާމުޔަކީ އަނގަޔަށް މީރު ހަމައެހާމެ ފައިދާ ހުރި އެއްޗެކެވެ. އާއްމުކޮށް ކަންމަތީ ފިހާރަތަކުން ވެސް ލިބެން ހުންނަ މާމުޔާއި ފޮނިތޮށްޓަކީ ބޭސްވެރިކަމުގެ އިތުރުން މީރު ބުއިންތަކާއި މީރު ކެއުން ތައްޔާރު ކުރުމަށް ވެސް ބޭނުން ކުރެވޭ އެއްޗެކެވެ.
އެފަދަ ހުރިހާ ކަމަކަށް މާމުޔާއި ފޮނިތޮށި ބޭނުން ކުރެވޭ ފަދައިން އެ ދެ އެއްޗަކީ ބަރުދަން ލުއި ކުރުމަށް ވެސް ބޭނުން ކިރެވިދާނެ ދެ އެއްޗެކެވެ. އެގޮތުން ބަރުދަން ލުއި ކުރުމަށް މާމުޔާއި ފޮނިތޮށި ބޭނުން ކޮށްގެން ތައްޔާރުކޮށްލެވިދާނެ ބުއިމަކަށް ބަލާލާނަމެވެ.
ބޭނުންވާ ތަކެތި:ސައި ސަމްސަލެއްގެ ދެބައި ކުޅަ އެއްބައި ފޮނިތޮށި، އެއް ސައި ސަމްސާ މާމުއި، އެއް ޖޯޑު ހޫނު ފެން
ތައްޔާރު ކުރާނެ ގޮތް:ހޫނު ފެންތައްޓަށް މާމުޔާއި ފޮނިތޮށި އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. އަދި ހިހޫ ވުމުން ބޭނުން ކުރާށެވެ.
އެ ބުއިން ބޭނުން ކުރާނެ ގޮތް:
ކޮންމެ ދުވަހެއްގެ ހަނދުނުގެ ނާސްތާގެ ކުރިން
ކޮންމެ ދުވަހެއްގެ ހެނދުނު ހުސް ގޮހޮރާ ހުރެ އޭގެ އެއްތަށި ބޯލާށެވެ. އޭގެ ސަބަބުން މެޓަބޮލިޒަމް އަވަސްކޮށްދީ ހަށިގަނޑުގައިވާ ސަރުބީ ވިރުވާލަ ދޭނެ އެވެ.
ބަނޑުހައިވުމުން ވެސް ބޭނުން ކުރެވިދާނެ
ކެއުމަށް ހާއްސަކޮށްފައިވާ ގަޑީގެ ކުރިން ވެސް (ބަނޑުހައިވާ ނަމަ) އެ ބުއިން ބޭނުން ކުރެވިދާނެ އެވެ.
ކަސްރަތު ކުރަން ފެށުމުގެ ކުރިން
ކަސްރަތު ކުރަން ފެށުމުގެ ކުރިން ވެސް އެ ބުއިން ބޭނުން ކުރެވިދާނެ އެވެ. އޭރުން ހަށިގަނޑުގައި ވަރު ޖައްސަދީ މެޓަބޮލިޒަމް ވެސް އަވަސްކޮށްދޭނެ އެވެ.
ހަވީރު ގަޑީގައި ވެސް ބޭނުން ކުރެވިދާނެ
ހަވީރު ގަޑީގައި ވެސް އެ ބުއިން ބޭނުން ކުރާށެވެ. އޭގެ ސަބަބުން، ރޭގަނޑު މާ ބޮޑަށް ބަނޑުހައިވުމުންނާއި، ކާ ހިތްވުމުން ދުރުކޮށްދޭނެ އެވެ.