29 Mar 2016, 08:59
ދެހާސް ބާރަ ވަނަ އަހަރު ރިލީޒު ކުރި ފިލްމު "ކާހާނީ"ގެ ދެވަނަ ފިލްމަށް ޝޫޓު ކުރުމުގެ މަސައްކަތް ވިދުޔާ ބާލަން ފަށައިފި އެވެ.
ހަބަރުތައް ބުނާ ގޮތުން އެ ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަނީ އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓުގެ ކަލިމްޕޮންގް ގަ އެވެ.
އެ ފިލްމަށް ޝޫޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ވިދްޔާ ވަނީ ޓުވިޓާ މެދުވެރިކޮށް ހާމަ ކޮށްފަ އެވެ.
"ކަހާނީ 2 އަކަށް ޝޫޓު ކުރުމުގެ ތެރެއިން ފުރަތަމަ އޮފް ދުވަސް. ކަލިމްޕޮންގުގެ ގަސްތައް ގުލްޒާރްސާބްގެ މުސާފިރް ހޫނ ޔާރޫން ކިޔާހެން ހީވަނީ،" ވިދްޔާ ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.
"ކަހާނީ"ގެ ފުރަތަމަ ފިލްމަކީ ލަންޑަންގައި އުޅޭ މާބަނޑު އަންހެނަކު އޭނާގެ ފިރިމީހާ ހޯދުމަށް އިންޑިއާ އަށް އައިސް އުޅޭ އުޅުން ދައްކުވައިދޭ ފިލްމެކެވެ.
އެ ފިލްމުގައި، ނަވާޒުއްދީން ސިއްދީގު، ޕްރަމްބްރަތާ ޗަތަރުޖީ، ދްރިތިމް ޗަތަރުޖީ ފަދަ ތަރިން ފެނިގެން ދިޔަ އެވެ.