ގއ. ކޫއްޑޫ އެއާޕޯޓްގެ ރަންވޭގައިވާ ނެވިގޭޝަނަށް ބޭނުންކުރާ ލައިޓްތައް ނިވިގެން އެ އެއާޕޯޓް މިރޭ ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ލައިޓްތައް ނިވުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

ލައިޓްތައް ނިވި، އެއާޕޯޓް ބަންދުކުރުމުން އެ އާޕޯޓަށް މިރޭ ދިއުމަށް ހަމަޖެހިފައި އޮތް ދެ މަތިންދާބޯޓް މިރޭ ޖައްސަން ހަމަޖެހިފައި ވަނީ ގދ. ކާޑެއްދޫ އެއާޕޯޓަށެވެ.

ކޫއްޑޫ އެއާޕޯޓްގެ ލައިޓްތައް ރަނގަޅުކޮށް އަލުން ދިއްލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.