ދިރާގުން ހުޅުމާލެ އާއި ވިލިމާލެ އަށް އަޅާފައިވާ ސަބްމެރީން ކޭބަލްގެ މާލެއާ ގުޅާލާފައި އިންނަ މެއިން ހޯލް ޓްރެކް ސަރަހައްދަކަށް ބަދަލުކޮށްފި އެވެ.

"ބީޗު މެއިންހޯލް"ގެ ނަމުން ނަންދެވިފައިވާ އެ ސަރަހައްދު މީގެ ކުރިން އޮންނަނީ ކުރީގެ ސުނާމީ ބިނާ ސަރަހައްދުގަ އެވެ. މިހާރު އެކޭބަލް ވަނީ ފަތާ ޓުރެކާ ދިމާލުން އުސްފަސްގަނޑަށް ބަދަލުކޮށްފަ އެވެ. ކޭބަލް ބަދަލުކުރީ ބްރިޖުގެ މަޝްރޫއާ ގުޅިގެންނެވެ.

ދިރާގުގެ ސަބްމެރީން ކޭބަލް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: ދިރާގު

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު މިއަދު ސަން އަށް ވިދާޅުވީ، އެކޭބަލް މިހާރު ބަދަލުކޮށްފައިވާ އިރު މުޅި އެ މަސައްކަތް މިހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"މާލޭގައި އޮންނަ ކޭބަލާއި އަނެއް ދެ ކޭބަލާއި މިހާރު މިވަނީ ގުޅާ ނިމިފައި، މިހާރުދެން ކުރިއަށް މިދަނީ ޝެލިންގެ މަސައްކަތް." އިމްޖާދު ވިދާޅުވި އެވެ.

ދިރާގުގެ ސަބްމެރީން ކޭބަލް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: ދިރާގު

ދިރާގުން މިހާރު އަންނަނީ އެކުންފުނިން ދެމުން އަންނަ އިންޓަނެޓުގެ ހިދުމަތަށް އަޅާފައިވާ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.