މަސްތުވާތަކެތި އަޅާފައި ހުރި ކަރުދާސްކޮޅުތަކަކާ އެކު، ހުޅުމާލެ އިން ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅެ، އެ ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބި، ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 31 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އަދި މި މީހާ ދިރިއުޅޭ ހުޅުމާލެ ލޮޓް 10304 ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރި އިރު، އެތަނުގައި ހުރި އަތްދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ކަރުދާސްކޮޅު ފެނިފައިވާ ކަމަށާއި، އެތަނުގައި އޮތް ޖީންސެއްގެ ޖީބުން ވެސް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 21 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަަމަށެވެ.