ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ބުނެފިއެވެ.

އެ ގައުމުގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއާ ހަވާލާދީ އަޑަޑެރަނަ ނޫހުގައި ބުނެފައި ވަނީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ލަންކާއަށް ތިން ކިލޯ ހެރޮއިން އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ލަންކާގެ ތިން މީހުންނެވެ.

ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ އިން އެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައި ވީނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ލަންކާއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރުމުގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް އަންނަނީ ފެންމަތިވަމުންނެވެ.