28 Mar 2016, 09:14
މަންމަގެ ޖަނާޒާއަށް ދާން އުޅުނު އަންހެނަކު، ޒަނާޒާ އަށް ދިއުމުގެ މަގުމަތީގައި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
ދެކުނު ޔޫޓާގައި ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާއާ ގުޅިގެން ޔޫޓާ ހައިވޭ ޕެޓްރޯލް އޮފިޝަލުން ބުނީ، ސޯލްޓް ލޭކް ސިޓީގައި އޮތް ޖަނާޒާ އަށް ދިއުމަށް އުމުރުން 48 އަހަރުގެ ޑެނިއެލް ވޭލް ނަމަކަށް ކިޔާ އެ އަންހެން މީހާ ދަތުރުކުރަމުން ދިޔައީ އޭނާ އާއި އިތުރު ދެ މީހަކާއެކުގައި ކަމަށެވެ.
ވޭލް މަރުވެފައި ވަނީ އޭނާ އިން ވެހިކަލް ކޮންޓްރޯލުން ނައްޓައިގެން ގޮސް، އެކްސިޑެންޓް ވެގެން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އަދި ކާރު ކައްސާލާފައި ވަނީ މަގުމަތި ތެއްވެ، އައިސް ވެފައި ހުރުމުންނެވެ.
ހާދިސާގައި އޭނާ މަރުވި އިރު، ކާރުގައި ދެން އިން އުމުރުން 28 އަހަރުގެ އަންހެނަކާއި ކާރު ދުއްވަން އިން 48 އަހަރުގެ ފިރިހެނަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. އެ ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ޔޫޓާގެ ހައިވޭ އޮފިޝަލުން ބުނީ، އެކްސިޑެންޓުގައި ވޭލް އާއި ކާރުގައި ދެން އިން އަންހެން މީހާ އިނީ ސީޓްބެލްޓް ނާޅައި ކަމަށެވެ.