27 Mar 2016, 15:56
ބުރިޖުގެ ފައުންޑޭޝަން މަސައްކަތް ކުރުމަށް ޓަކައި އަޅަން ޖެހޭ ޕްލެޓް ފޯމުތައް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ސަން އަށް ވިދާޅުވީ ޕްލެޓް ފޯމުގެ ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެޕްލެޓް ފޯމްތަކަކީ ފައުންޑޭޝަން އެޅުމަށްޓަކައި އަޅާ ޕަލެޓް ފޯމްތަކެއް ކަމަށެވެ.
އެޕްލެޓް ފޯމްތައް ބޭނުންކޮށް ކުރިއަށްއޮތް ޖުލައި ނުވަތަ އޮގަސްޓް ހިސާބުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
ބްރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބްރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.