ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދަތުރުފުޅުގައި މާދަމާ ރޭ 7:00ގައި ގްރޭންޑް ހަޔަޓް، ކުއަލަ ލަމްޕޫރުގައި ދިވެހިންނާ ބައްދަލު ކުރައްވައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ރައީސްގެ ދެކަނބަލުގެ ފަރާތުން ފަރިއްކޮޅެއް ދެއްވާނެ އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ރައީސް ޔާމީން އެނބުރި މާލެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.