27 Mar 2016, 12:42
މައިލޯ ކްލަބް މޯލްޑިވްސް ކަޕުގައި އިއްޔެ މެޗުތަކުން އެމްޓީސީސީ އާއި ފިނޭންސް ރެކްރިއޭޝަން ކްލަބް އާއި ހޯމް އެފެއާޒް އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް މޮޅުވެއްޖެ އެވެ.
މާފަންނު ސްޓޭޑިއަމް ގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކުލަބު 4-0ގެ ނަތީޖާ އަކުން އެމްއައިއޭގެ މައްޗަށް ކުރި ހޯދިއިރު ދެ ވަނަ މެޗު އެމްޓީސީސީން ކާމިޔާބު ކުރީ 5-2ގެ ނަތީޖާ އަކުން ތައުލީމީ ގުޅުން ބަލިކޮށްފަ އެވެ.
އިއްޔެ ކުޅުނު ތިން ވަނަ މެޗުގައި ފިނޭންސް ރެކްރިއޭޝަން ކުލަބު ޓީސީއެލްގެ މައްޗަށް ކުރި ހޯދީ 2-0ގެ ނަތީޖާ އަކުންނެވެ. ރޭ ކުޅުނު ފަހު މެޗު ހޯމް އެފެއާޒު ކާމިޔާބު ކުރީ 4-1ގެ ނަތީޖާ އަކުން ޓީމް އައިޖީއެމްއެޗްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އަންހެން އަދި ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ކުރިއަށް ދަނީ ނުވަ ގުރޫޕް އަށް ބަހާލައިގެން ކޮންމެ ގުރޫޕް އެއްގައި ހަތަރު ޓީމް ހިމަނައިގެންނެވެ. އަންހެން ޑިވިޝަނުގެ ކުޅުން ފެށޭނީ އޭޕްރީލް ދެވަނަ ދުވަހު އެވެ.
ފިރިހެން ޑިވިޝަންގެ ގްރޫޕްތައް:
ގްރޫޕް އޭ: އެމްޕީއެލް، ފިއުލް ސަޕްލައި، އެމްޓީސީ، އެޑިއުކޭޝަން
- ގްރޫޕް ބީ: ފެނަކަ، ސިވިލް ކޯޓް، އައިޖީއެމްއެޗް، އެޗްއޭއާރްސީ
- ގްރޫޕް ސީ: އެއާޕޯޓްސް، އެޗްޑީސީ، ފެން ކްލަބް، ބަންޑާރަ ކްލަބް
- ގްރޫޕް ޑީ: ބީއެމްއެލް، ޔޫތު މިނިސްޓްރީ، އިމިގްރޭޝަން، ފެހި ފަހި ކްލަބް
- ގްރޫޕް އީ: އެމްއާރްޑީސީ، މޯލްޑިވިއަން، އެމްއެންޔޫ، މީރާ ކްލަބް
- ގްރޫޕް އެފް: ކަސްޓަމްސް، ހައުސިން، ޕީޖީ އޮފީސް، ކްލަބް އާސަންދަ
- ގްރޫޕް ޖީ: އެލައިޑް، ޕޮލިސް، ދިރާގު، ބަނޑޮސް
- ގްރޫޕް އެޗް: އެސްޓީއޯ، ސިފައިން، މޯލްޑިވްސް ގޭސް، ޕީއެސްއެމް
- ގްރޫޕް އައި: ސްޓެލްކޯ، އެމްއައިއޭ، ފިނޭންސް، ޓީސީއެލް