27 Mar 2016, 11:22
ސޯޅަ އަހަރުގެ ފިރިހެން ކުއްޖަކަށް ތަކުރާރުކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރަމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނު 10:00 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަންދެން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަންހެން ކުދިންނެކޭ އެއްފަދައިން ފިރިހެން ކުދިންނަށް ވެސް ޖިންސީ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން އަނިޔާކުރާ މައްސަލަތައް ރާއްޖޭގައި މިހާރު މިވަނީ އިތުރުވާން ފަށާފައެވެ.