ކ.މާފުށިން ބިޔަރު ފުޅިތަކަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު މާފުށީގައި މަސައްކަތް ކުރާ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެދުވަހުގެ ހަވީރު 6:30 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި އެރަށު ވޯޓަރ ސްޕޯޓްސް ސެންޓަރެއް ހިންގާ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ބިޔަރު ފުޅިތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޭތެރެއިން ފެނުނީ ތިން ބިޔަރު ފުޅި އާއި ބިޔަރު ހުސްކުރި ހަތް ފުޅި ކަމަށާއި އެ މައްސަލައާ ގުޅިގެން އެގެއިން 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން މާފުށީ ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ފަސް ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.