ހައިކޯޓުން މޮނިކޮން އަމުރު ނެރުނު ހަ މީހެއްގެ ތެރެއިން ތިން މީހެއްގެ ފައިގައި ޓެގް އެޅުވުމަށް އެ ތިން މީހުން ހޯދަން ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެ ތިން މީހުން ހޯދަން އިއުލާން ކުރިނަމަވެސް އެމީހުންގެ ނަންތައް ހާމަކުރެވެން ނެތް ކަމަށެވެ. ސަބަބަކީ އެމީހުންގެ ނަންތައް ހާމަކޮށްފިނަމަ ކުޑަކޮށް ފުލުހުންގެ އިޖުރާއަތްތަކާ އެއްފަރާތްވެވޭތީ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

އެންމެ ފަހުން ހައި ކޯޓުން މޮނިކޮން އަމުރު ނެރުނު ފަސް މީހުންގެ މީހުންނަކީ ގ. ޝާރާޒް، މުހައްމަދު މަފާޒް ހުސައިން ސަލީމް،18، އާއި ތ. ތިމަރަފުށި މާފޮޅޭގޭ ހަމްދާން ހަސަން،18، އާއި ހދ. ނޮޅިވަރަމް ހާވިލާ، އައްސަދު އިބްރާހީމް ރަޝީދު،21، އާއި ދަފްތަރު 4126، މުސްތަފާ މޫސާ،26، ގެ އިތުރުން މ. ވައިޖެހޭ، އަހުމަދު އަޒްމާން،20، އެވެ.

އެ ހަ މީހުންގެ ފޮޓޯ ފުލުހުން ވަނީ މިއަދު އާންމުކޮށްފައެވެ.

ހައިކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ އެ ފަސް މީހުން މޮނިޓާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައް:

  • ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުން.
  • ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން.
  • އެ އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުން.
  • އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުން.
  • އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުން.
  • ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުން.
  • އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގާ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުން.