އެކްސިޑެންޓުވުމުން ސައިކަލް ދޫކޮށް ފިލުމުން، އެ ސައިކަލު މަޑިދަަށުގައި ހުރި އެއްޗެހި ބަލައިިިިިިިިިިިިިިިިި ޗެކްްކުރަނިކޮށް ބަނގުރާ ފެނިއްޖެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ "ސަން"އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ މިރޭ 10:25 އެހައިކަންހާއިރު ބީޖީ ގަރާޖު ކައިރިން ކަމަށެވެ. އެ ސައިކަލު އެކްސިޑެންޓުވިވީ ފުލުހުންގެ ސައިކަލެއްގައި ޖަހައްސައި ފިލަން އުޅެނިކޮށެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް އެ އެކްސިޑެންޓު ހިނގުމާއެކު ސައިކަލް ދޫކޮށް ސައިކަލްގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށް ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.

"އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" އިސްމާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓުގެ ސަބަބުން އަނިޔާ ލިބުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންް އަންްނަ ކަމަށެވެ.