އެމެރިކާގެ ލޮސްއެންޖެލިސް ދޫކޮށް، ހޮލީވުޑްގެ މަޝްހޫރު ތަރި ކްރިސް ހެމްސްވާތު އާއިލާ އެކު އެނބުރި އުފަން ގައުމު، އޮސްޓްރޭލިއާއަށް ބަދަލުވެއްޖެ އެވެ.

އަންހެނުން އަދި ސްޕެއިންގެ މޮޑެލް،އެކްޓްރެސްއަ ކުދިންނާއެކު އޮސްޓްރޭލިއާ އަށް ބަދަލުވާން ނިންމި ސަބަބު ކިޔައިދެމުން 32 އަހަރުގެ އެކްޓަރު ބުނީ، ފިލްމު ކުޅުމަކީ އޭނާ ލޯބިކުރާ ކަމެއް ކަމަށެވެ. ނަމަވެސް އަބަދު އެކަމުގެ ތެރޭގައި އުޅުމަކީ ކުޑަކޮށް ހާސްވެ ނޭވާލާން އުދަނގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"އަބަދު އެއްކަމެއްގައި ތެރޭގައި އުޅޭ އަދި އެކަހަލަ ދުނިޔެއަކަށް ނޭވާލާ މީހުން ނޫޅޭ މުޖުތަމައުއެއްގައި އުޅެ ވާހަކަ ދައްކާލުމަކީ ވަރަށް ރަނގަޅު ކަމެއް،" ފިލްމު "ތޯރ"ގެ ބަތަލާ ބުނެފައިވެ އެވެ.

އަންހެނުންނާ އެކު ތިން ކުދިން ލިބިފައިވާ ހެމްސްވާތް ބުނީ، އެކްޓުކުރުމުގެ ދުނިޔެ އިން ނުކުތުމަށް އޭނާ އަށް އެންމެ ބޮޑު އެހީއެއްވެދެނީ އޭނާގެ ކުދިން ކަމަށެވެ. އަދި ކުދިން އުޅުމަކީ ހަގީގީ ދިރިއުޅުން ކަމަށާއި މީހުން ގިނަ ތަނެއްގައި އޭނާގެ ކުދިން ބޮޑުވުމަކީ އޭނާ އެދޭގޮތް ނޫން ކަމަށެވެ.

މައުލޫމާތު: އީ!