ދިވެހި ގައުމީ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުން މިއަހަރު ގްރެޖުއޭޓްވި ބައެއް ދަރިވަރުންނަށް މިރޭ ސެޓްފިކެޓްދީފި އެވެ.

ގައުމީ ޔުނިވާސިޓީން ބުނީ، އެ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުން މިއަހަރު 1463 ދަރިވަރުން ގްރެޖުއޭޓްވެފައިވާ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު ބޭއްވި ދަންފަޅީގައި 845 ދަރިވަރުންނަށް ވަނީ ސެޓްފިކެޓްދީފަ އެވެ. އޭގެ ތެރެއިން 683 ދަރިވަރުންނަކީ މުދައްރިސުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ޑިޕްލޮމާ ހާސިލްކުރި ދަރިވަރުންނެވެ.

މިރޭގެ ދަންފަޅީގައި ސެޓްފިކެޓް ދީފައިވަނީ ފުރަތަމަ ޑިގްރީ އާއި މާސްޓާސް އިން ދަސްވެނިވި ދަރިވަރުންނަށެވެ.

ގައުމީ ޔުނިވާސިޓީން މިއަހަރު ފުރަތަމަ ޑިގްރީއާއި މާސްޓާރސް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ސިއްހީ ދާއިރާތަކުން ކިޔަވައިގެން ނުކުންނަ ދަރިވަރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ގުޅިވަޑައިގަތް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަކީ މި ސަރުކާރުގެ އުއްމީދެއް ކަމަށެވެ.

ގައުމީ ޔުނިވާސިޓީން މިއަހަރު ފުރަތަމަ ޑިގްރީއާއި މާސްޓާރސް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ އިތުރުން، ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ހެލްތް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންގެންދަވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ސްކޮލޮޝިޕްގެ ފުރަސަތު ހުޅުވާލުމުގެ އިތުރުން އެކުވެރި ގައުމުތަކުން ސިއްހީ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީން މިއަހަރު ފުރަތަމަ ޑިގްރީއާއި މާސްޓާރސް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ އިތުރުން، ހެލްތް މިނިސްޓްރީއާއި ޔުނިވާސިޓީ ގުޅިގެން ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމްކުރުމުގެ މަސައްކަތްތަކާއި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.