24 Mar 2016, 09:52
ނ. ހޮޅުދޫން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދިޔަ "ހޮޅުދޫ ބޯޓު" އިންޖީނު ހުއްޓުމާ ގުޅިގެން، އެ ބޯޓުގައި ތިބި މީހުން މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު "ސަން" އަށް ވިދާޅުވީ ބޯޓުގެ އިންޖީނު ހުއްޓިގެން ރިޕޯޓުކޮށްފައި ވަނީ ހެނދުނު 7:30 އެހާކަންހާއިރު ކަމަށެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 06:45 ހާއިރު ހިނގި އެ ހާދިސާގައި "ހޮޅުދޫ ބޯޓު"ގެ އިންޖީނު ހުއްޓިފައި ވަނީ މާލޭގެ އުތުރުން 17 މޭލު ބޭރުން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
"ހޮޅުދޫ ބޯޓު" ގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް
އެ ހާދިސާ ހިނގި އިރު ބޯޓުގައި 94 މީހަކު ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ33އަންހެނުންނާއި19ކުޑަކުދިންގެ އިތުރުން27ފިރިހެނުންނާއި 14 ބިދޭސީންނެވެ.
ކޯސްޓްގާޑް ޝިޕް ޝަހީދު އަލީގައި 93 މީހަކު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
އެ ހާދިސާގައި ބޯޓުގެ އިންޖީނު ފިޔަވައި އެއްވެސް މީހަކަށް އަދި އެއްޗަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.