24 Mar 2016, 09:31
އަންނަ ހުކުރު ދުވަހު އެމެރިކާގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ބެޓްމޭން ވާސަސް ސުޕާމޭން: ދޯން އޮފް ޖަސްޓިސް"ގެ ބޮލީވުޑް ފިލްމެއް އުފައްދާނަމަ ސުޕާމޭންގެ ރޯލު އަދާކުރަން ޝައުގުވެރިވާ ކަމަށް ބޮލީވުޑްގެ ތަރި ކަރަން ސިންގު ބުނެފި އެވެ.
"އެ ފިލްމު (ބެޓްމޭން ވާސަސް ސުޕާމޭން: ދޯން އޮފް ޖަސްޓިސް) ރިލީޒްކުރާތީ ވަރަށް އުފާވޭ. އަހަރެން އުއްމީދު ކުރަނީ އެ ފިލްމުގެ ބޮލީވުޑް ފިލްމެއް އުފައްދާ އޭގައި ސުޕާމޭންގެ ރޯލު އަދާކުރުން،" ކަރަން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބޮލީވުޑް ފިލްމު "ހޭޓް ސްޓޯރީ 3"ގެ ތަރި ބުނީ، އޭނާއަކީ ސުޕާމޭންގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. ކަރަން ބޮލީވުޑަށް ތައާރަފް ވެގެންއައި ބިޕާޝާ ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވާ ފިލްމު، "އެލޯން" އިންނެވެ.