ކަޅުތުއްކަލާކޮއްޓާ ދިމާލު ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވުމުން އެމްއެންޑީއެފުން އަލިފާން ނިވާލައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަ އަދުނާނު މުހައްމަދު ވަނީ ލޯންޗުގައި ރޯވި އަލިފާން ނިވާލާފައިވާކަން 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއީ ކޮންތަނެއްގެ ކޮން ނަމެއް ކިޔާ ލޯންޗެއް ކަމެއް ނޭނގެ އެވެ.

ސޯޝިއަލް މީޑިއާގައި އާންމުފެވައިވާ ފޮޓޯތަކުގައި ވާގޮތުން ރޯވެފައި ވަނީ ލޯންޗުގެ އެތެރޭގަ އެވެ.