ގދ. ކާޑެއްދޫކައިރި އޮންނަ ފަޅުރަށެއް ކަމަށްވާ ރަހަދޫއަށް ކާށި ހޮވަން ގޮސް އުޅުނު 85 އަހަރުގެ ފިރިހެން މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ވަލުތެރެއިން ހިނގާފައި ދަނިކޮށް ފެނިއްޖެ އެވެ.

ފުލުހުން ބުނީ އޭނާ ފެނިފައިވަނީ މިއަދުގެ 18:30 ހާއިރު ކާޑެއްދޫ ވަލުތެރެއިން ހިނގާފައި ދަނިކޮށް ކަމަށެވެ. ފުލުހުންނަށް މައުލޫމާތު ލިބުނީ ކާޑެއްދޫ ކައިރި އޮންނަ ރަހަދޫ އިން އޭނާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 4:00 އެހައިކަންހާއިރުއެވެ.

ފުލުހުންގެ ޓީމަކުން ވަނީ ފަޅު ރަށަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން އެ ރަށުތެރެއާއި މޫދާއި ރަށް ވަށައިގެން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ކުރިއެވެ.

ހަމައެހެންމެ އޭނާ ހޯދުމަށް ކާޑެއްދޫ ވަލުތެރެ ވެސް ފުލުން ވަނީ ޗެކްކޮށްފައެެވެ.