23 Mar 2016, 15:26
ބްރަސަލްސް (މާޗް 23):ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ އެއާޕޯޓަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ތިން ވަނަ މީހާ، ނާޖިމް ލަޝްރާއީ ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ.
ސައުވީސް އަހަރުގެ ލަޝްރާއީ ހައްޔަރުކޮށްފައިވަނީ ބްރަސަލްސް އިންނެވެ. ލަޝްރާއީ ހައްޔަރުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕެރިހަށް ހަމަލާދިން މީހުން ދިރިއުޅުނު އެޕާޓްމެންޓުތަކުން އޭނާގެ ޑީއެންއޭ ފެނުނުފަހުންނެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އޭނާ ވަނީ ޕެރިސް ހަމަލާތަކުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވޭ ސާލިހް އަބްދުއްސަލާމްއާ އެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަންގޭރީއަށް ދަތުރުކޮށްފަ އެވެ.
ބެލްޖިއަމްގެ ސްޓޭޓް ބްރޯޑްކާސްޓާ، އާރްޓީބީއެފް އިން ބުނީ ބްރަސަލްސްގެ އެއާޕޯޓަށް ޖާނުން ފިދާވެގެން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެމީހުންނަކީ ޚާލިދް އަލް ބަކްރޫއީ އާއި އިބްރާހިމް އަލް ބަކްރޫއީ ކަމަށެވެ.
