23 Mar 2016, 09:45
ޓެކްނޮލޮޖީސް ކުންފުނި ބްލެކްބެރީގެ ޑިވައިސްތަކަށް، ދުނިޔޭގެ އެންމެ މަގްބޫލު ސޯޝަލް ނެޓްވޯކް ފޭސްބުކްއިން ސަޕޯޓު ކުރުން ހުއްޓާލަން ނިންމައިފި އެވެ.
ބްލެކްބެރީ ޑިވައިސްތަކަށް ފޭސްބުކް އެޕް ސަޕޯޓުކުރުން ހުއްޓާލުމުން، އެ ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކުން ފޭސްބުކްއަށް ވަނުމަށް ބޭނުން ކުރަން ޖެހޭނީ ފޯނުގެ ވެބް ބްރައުޒަރެވެ.
ފޭސްބުކް އިން ބްލެކްބެރީއަށް ސަޕޯޓު ކުރުން ހުއްޓާލުމަށް ނިންމުމުން، ބްލެކްބެރީ އިން ވަނީ އެކަމާ ހިތާމަ ފާޅުކޮށްފަ އެވެ. ފޭސްބުކް އިން އޮޕަރޭޓްކުރާ މެސެޖިންގް އެޕް "ވަޓްސްއެޕް"އިން ވެސް ވަނީ، މި އަހަރަށް ފަހު ބްލެކްބެރީ ޑިވައިސްތަކަށް އެ އެޕްއިން ވެސް ސަޕޯޓު ކުރުން ހުއްޓަލާނެ ކަން އެވެ.
ބްލެކްބެރީއިން މިކަމާ ގުޅިގެން ބުނީ، ފޭސްބުކްއާއި ވަޓްސްއެޕްގެ ނިންމުން ބަދަލު ކޮށްދޭތޯ އެކުންފުނިން ވަރަށް މަސައްކަތް ކުރި ކަމަށެވެ.
"އަހަރެމެން ފޭސްބުކްއާއި ވަޓްސްއެޕްގެ ނިންމުން އަނބުރާ ގެންދިއުމާ މެދު އެފަރާތްތަކާ ވަރަށް ވާހަކަ ދެއްކިން. އެކަމަކު މިވަގުތު އެމީހުން ތިބީ ޚިޔާލު ބަދަލު ކުރާ ކަހަލަ ގޮތަކަށް ނޫން،" ބްލެކްބެރީގެ ޑިވެލޮޕަރެއް ބްލެކްބެރީގެ ބްލޮގުގައި ލިޔެފައިވެ އެވެ.
މަސްދަރު: ބީބީސީ