ބޮލީވުޑްގެ މަޝްހޫރު ތަރި ވިންދޫ ދާރާ ސިންގުގެ މަންމަ ސުރްޖިތު ކައުރް ރަންދަވާ މަރުވެއްޖެ އެވެ.

ހަބަރުތައް ބުނާގޮތުން އުމުރުން 72 އަހަރުގެ ސުރްޖިތު މަރުވީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ މަރުވީ ވޭތުވެދިޔަ ނުވަ އަހަރު ދުވަސް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ފަހުގައި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މަންމަ ސުރްޖިތު މަރުވުމާ ގުޅިގެން ވިންދޫ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އޭނާގެ ސިކުނޑި އަދިވެސް މަންމައާ ވާހަކަ ދައްކާ ކަމަށެވެ.

"އަހަރެންގެ ސިކުނޑި އަދިވެސް މަންމައާ ވާހަކަ ދައްކާ. އަހަރެންގެ ހިތް އަދި ވެސް އެދެނީ މަންމަ އަށް، އަހަރެންނަށް ރޫހު ގަބޫލު ކުރަނީ މަންމަ އަށް ހަމަޖެހުން ލިބިއްޖެ ކަމަށް،" ވިންދޫ ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

ވިންދޫގެ ބައްޕަ އަދި ސުރްޖިތުގެ ފިރިމީހާ ދާރާ ސިންގު އަކީވެސް ކުރީގެ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ތަރި އެކެވެ. ދާރާ ސިންގު މަރުވެފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ. އޭނާ މަރުވި އިރު އުމުރަކީ 84 އަހަރެވެ.