ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"ގެ ނަމަށް ބަދަލުކުރުމާ ގުޅޭ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

އެގޮތަށް އެ މައްސަލަ ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އެ މައްސަލައާ މެދު ރައްޔތިުންގެ މަޖިލީހަށް ފެންނަ ގޮތެއް ކަނޑައަޅައިދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ސިޓީފުޅުގައި ވަނީ އެސްއީޒެޑްގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"ގެ ނަމަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޖިލީހުން ދެކޭ ގޮތެއް ކަނޑައަޅައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަމުގައި ރައީސް ޔާމީން އިދާރާއެއް އުފެއްދެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެ އިދާރާ އުފެއްދެވީސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާމަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން 'މޯލްޑިވްސް އިމިގްރޭޝަން'އަށް ބަދަލުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.