ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށް ފަހު ހާލު ސީރިއަސްވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެނައި އަންހެން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އަންހެން މީހާ އައިޖީއެމްއެޗަށް ގެންދިޔައީ އިއްޔެ އެވެ. އޭގެ ކުރިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެސް ވަނީ ފަރުވާ ދީފަ އެވެ.

އައިޖީއެމް ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަންހެން މީހާ މިހާރު "ސްޓޭބަލް" ކަމަށެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާ އަށް ފަރުވާ ދިން އިރު ނޭވާ ލަމުން އައީ ވެންޓިލޭޓަރުގެ އެހީގަ އެވެ. ނަމަވެސް ވިލިނގިލިން ގެނައި އިރަށް ވުރެ ހާލު ރަނގަޅު ކަމަށް އޭރު އެ ހޮސްޕިޓަލުން ވެސް ވަނީ ބުނެފަ އެވެ.