މާލޭ ގެއެއްގެ ދެވަނަ ބުރިން ވެއްޓި ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު މިއަދު ސަން އަށް ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހު 3:20 އެހާކަންހާއިރު ކަމަށާއި މަރުވެފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާ ވެއްޓިފައި ވަނީ މ.ސަނީ ކޯސްޓުގެ ދެވަނަ ބުރިންނެވެ.

އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެމީހާ އަކީ އެގެއަށް ވައްކަން ކުރަން ވަދެ އުޅުނު މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

"ވައްކަން ކުރަން އުޅެނިކޮށް ކަމަށް ބޮޑަށް ބެލެވެނީ. އެ ގޭގައި އުޅޭ މީހެއް ނޫން އެއީ،" އޮފިސަރު ވިދާޅުވި އެވެ.

އޮފިސަރު ވިދާޅުވީ އޭނާ ވެއްޓުނުތާ މާ ގިނަ އިރެއް ނުވެ، އެ މީހާ މަރުވެފައިވާ ކަމަށެވެ.