21 Mar 2016, 15:36
ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ރަސްމީ ދަތުރުފުޅެއްގައި އިޓަލީ އަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ދުންޔާ އިޓަލީ ވިލާތަށް ވަޑައިގެންނެވީ އެގައުމުގެ ފޮރިން މިނިސްޓަރު ޕައޮލޯ ޖެންޓިލޯނީގެ ދައުވަތަކަށް ކަމަށެވެ.
ދުންޔާގެ ދަތުރުފުޅުގައި އިޓަލީގެ ފޮރިން މިނިސްޓަރާއި އެގައުމުގެ ސަރުކާރުގެ އިސް އެހެން އޮފިޝަލުންނާއި ބައްދަލުކުރައްވައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާއި މެދު މަޝްވަރާތައް ކުރައްވާނެއެވެ.
އިޓަލީއަށް ކުރައްވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ މިޝަންގެ ކައުންސެލާ ފާތިމަތު ޣިނާއާއި ފޮރިން މިނިސްޓްރީގެ ސީނިއާ ޑެސްކް އޮފިސަރު ހުސައިން ޖައްހާޒްއެވެ.
އިޓަލީއާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭނީ މިއަހަރުއެވެ.