ފޮއްދޫގެ ތިން ގެއެއް ބަލައިފާސްކޮށް، އެ ތިން ގެއިންވެސް ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެތަކެތި ހޯދާފައި ވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ތިން ގެއިންވެސް ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާއި ފޮތްތަކަކާއި ލިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.