21 Mar 2016, 16:00
ހައްދުންމަތީގެ ހަތަރު ރަށެއްގެ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، އެ އަތޮޅު ކައުންސިލުން ލ. ގަމު ޕޮލިސް ސްޓޭޝަނަށް ހަތަރު ޕްރިންޓަރު ހަވާލުކޮށްފި އެވެ.
ޕްރިންޓަރު ހަވާލުކޮށްފައި ވަނީ އެ އަތޮޅު އިސްދޫ، ފޮނަދޫ، މާމެންދޫ އަދި މާވަށު ޕޮލިސް ސްޓޭޝަން އަށެވެ.
މި މަހުގެ ބާރަ ވަނަ ދުވަހު ހައްދުންމަތީ އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަންތަކާއި ޕްރިންޓަރު ހަވާލުކޮށްދެއްވީ އެ އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރެވެ.
ގަމު ޕޮލިސް ސްޓޭޝަންގެ ފަރާތުން ޕްރިންޓަރ ތަކާއި ހަވާލުވެލެއްވީ ޑިވިޜަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު އެވެ.